މި ޕެޓިޝަނަކީ ކޮބާ؟

މި ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ކުރީގެ މެންބަރުންނަށް ދައުލަތުގެ ޚަރަދުގައި ދެވޭ ބޮޑެތި ސިއްހީ އިންޝުއަރެންސް އިނާޔަތްތައް ނިމުމަކަށް ގެނައުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަނެކެވެ.

އާސަންދަ، އެސްޓީއޯ އަދި ސްޓޭޓް ފާމަސީ މެދުވެރިކޮށް އާންމު ރައްޔިތުންނަށް ސިއްހީ އެހީތެރިކަން ހޯދުމުގައި ގިނަ ދަތިތަކާ ކުރިމަތިވަމުންދާއިރު، ރައްޔިތުން ތަމްސީލުކުރާ މަޖިލިސް މެންބަރުންނަށް ޕްރީމިއަމް ސިއްހީ އިންޝުއަރެންސް ލިބެއެވެ. އަދި ކުރީގެ މެންބަރުންނަށް އުމުރުދުވަހަށް ސިއްހީ އިންޝުއަރެންސް ލިބެއެވެ. މި ޕެޓިޝަންގެ މަގްސަދަކީ މި ތަފާތުކުރުން ނިމުމަކަށް ގެނެސް، ހުރިހާ ދިވެހިންނަށް ރަނގަޅު ސިއްހީ ޚިދުމަތެއް ހޯދައިދިނުމެވެ.

މި ވެބްސައިޓް ހެދީ ކޮންބައެއް؟

މި ވެބްސައިޓަކީ އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމެއް ނެތި، ދިވެހި ރައްޔިތުންގެ ހައްގުގައި އަމިއްލަ ފަރާތްތަކަކުން ހިލޭސާބަހަށް ތައްޔާރުކޮށްފައިވާ ސައިޓެކެވެ. މި ސައިޓްގެ މަގްސަދަކީ ޕެޓިޝަނާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ޕެޓިޝަންގައި ސޮއިކުރުމަށް ބާރުއެޅުމެވެ.